ދިވެހިރާއްޖެ
އިޢުުލާން
ނަންބަރު: 667-A/2026/1
މި ކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމާއި ގުޅޭ
މިކޯޓުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވެއެވެ. ނީލަމުގެ ތަފްސީލް ތިރީގައި މިވަނީއެވެ.
- ނީލަން ކިޔަން ހަމަޖެހިފައިވާ ތަން: ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރޭގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 7 މާރިޗު 2026 ވާ ހޮނިހިރު ދުވަހުގެ 10:30 ގައި
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަން
- މައުލޫމާތު ސާފުކުރުމަށް ގުޅާނެ ނަންބަރު: 6820752
ތަކެތި ނީލަން ކިޔުމަށް ކަނޑައެޅިފައިވަނީ ލޮޓްތަކަކަށް ބަހާލައިގެންނެވެ. ލޮޓުތަކަށް ދެވިފައިވާ އަގުތަކާއި، ލޮޓުތައް ބަހާލެވިފައިވާގޮތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 22:00ގެ ކުރިން "ބަނޑޭރި ޕޭ" https://bp.finance.gov.mv)) މެދުވެރިކޮށް ފައިސާ ދެއްކުމަށްފަހު 09 މާރިޗު 2026 ވާ ހޯމަ ދުވަހުގެ 12:00ގެ ކުރިން ތަކެތި ގެންދަން ވާނެއެވެ.
ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކޮޕީއެއް ގެންނަށްވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ފެބްރުވަރީ 2026