ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2026/46
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:20
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ 05 ވަނަ ބިޑުކޮމެޓީ ޖަލްސާގެ ނިންމުން އާންމުކުރުން

 

 

އިޢުލާން

ތާރީޚް: 25 ފެބްރުއަރީ 2026

ނަންބަރ: (IUL)327-A/327/2026/46

              ބިޑުކޮމެޓީގެ ނިންމުން ޢާންމުކުރުން      

                        

ތިރީގައި އެވަނީ 17 ފެބްރުއަރީ 2026 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2026 ވަނަ އަހަރުގެ 04 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

  1. ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް މަސްޖިދުލް ޙާދީގެ މިހުރާބުގެ މަރާމާތު މަސައްކަތް ކުރާނޭ  ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/38 އިޢުލާނާއި ގުޅިގެން އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް TAC CONSTRUCTION އަށް މި ބީލަން އެވަރޑް ކުރަން ފެންނަކަމަށް ނިންމުން.
  2. ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާ އާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ސެކިއުރިޓީ ބަލަހައްޓައއިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/31 އިޢުލާނާއި ގުޅިގެން އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް THANHALHI INVESTMENT އަށް މި ބީލަން އެވަރޑް ކުރަންފެންނަކަމަށް ނިންމުން.
  3. ނައިފަރު ކައުންސިލްގެ އިދާރާ އާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި އެންމެހާ އިމާރާތްތަކާއި ސަރަހައްދުތަކުން ނެގޭ ކުނި އުކައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2026/30 އިޢުލާނާއި ގުޅިގެން އިވެލުއޭޝަން އިސްލާޙްކުރުމަށްފަހު އަލުން ބިޑްކޮމެޓީއަށް އެޖެންޑާ ކުރުމަށް ފެންނަކަމަށް ނިންމުން.
  4. ޖަލްސާގެ ޔަޢުމިއްޔާ ފާސްކުރުން.
25 ފެބުރުވަރީ 2026