ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2026/10
ޕަބްލިޝްކުރި ތާރީޚް: 25 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 28 ފެބުރުވަރީ 2026 00:00
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ.ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތާއިގުޅޭ

               ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތުގެ ތެރެއިން ބަނދަރުގައި ކުރަންޖެހޭ ސާރވޭއެއް ކުރުމަށާއި މި މަސައްކަތައް ބޭނުންކުރާ ވެހިކަލުތަކާއި، ބޭނުންވާ މެޝިނަރީތަކާއި އަދި މިކަމަށް ބޭނުންވާ އެހެނިހެން ތަކެތި ހިފައިގެން އަންނަ އުޅަނދުފަހަރު ބަނދަރު ކުރުމަށްޓަކައި ބަނދަރުގެ ހުޅަނގު ދެކުނުކަނުން ފެށިގެން  ބޭންކްއޮފް މޯލްޑިވްސް ވޭމަންޑޫ ބުރާންޗާއި ހަމައަށް (އައި.ސީ.ޕީ މަގާއި ހަމައަށް) 27 ފެބުރުއަރީ 2026 ން ފެށިގެން 01 މާރިޗު 2026 ގެ ނިޔަލަށް އެއްވެސް އުޅަނދެއް ބަނދަރު ކޮށްފައި ބޭއްވުމަކީ މަނާކަމެއް ކަމުގައި ދެންނެވީމެވެ. އަދި ވޭމަންޑޫ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ މެޝިނަރީ އާއި އެހެނިހެން ސާމާނު ރަށަށް ބޭލުމަށްޓަކައި، ބަނދަރުގެ ހުޅަނގު ދެކުނު ފަރާތުން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަޙައްދު ހުސްކުރުމަށް ބޭނުންވެއެވެ.

               ވީމާ، މިސަރަހައްދުގައި ހުރި ޢާންމުންގެ އެންމެހައި ތަކެތި 01  މާރިޗު 2026 ވާ އާދީއްތަ ދުވަހުގެ ކުރިން ނަންގަވައި ދެއްވުން އެދެމެވެ.

                މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 ފެބުރުވަރީ 2026