ދިވެހިރާއްޖެ
ހއ. ހޯރަފުށީ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ނެޓްވޯކް އެޅުމަށް ބޭނުންވާ އައި.ޓީ ސާމާނު ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް ސަޕްލައިކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، މައުލޫމާތު ދިނުމާއި ސައިޓް ވިޒިޓިންގ ގައި ބައިވެރެލެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި ޢިޢުލާނާ ގުޅޭ ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ އެއްހާސް ރުފިޔާއެވެ. ބީލަން ފޮތް ވިއްކޭނީ ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
|
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
|
ރަޖިސްޓަރީވުމުގެ ސުންގަޑި |
26 ފެބުރުވަރީ 2026 |
ބުރާސްފަތި |
11:00 (ހެނދުނު) |
|
މައުލޫމާތު ދިނުން އަދި ސައިޓް ވިޒިޓިންގ |
27 ފެބުރުވަރީ 2026 |
ހުކުރު |
14:00 (މެންދުރުފަހު) |
|
ބީލަން ހުށަހެޅުން |
04 މާރިޗް 2026 |
ބުދަ |
10:00 (ހެނދުނު) |
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:
ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވެ ބީލަންފޮތް ގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.
https://forms.gle/GtYPUSd8rJRsPCQ86
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
07 ރަމަޟާން 1447