ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426/426/2026/67
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:39
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހުޅުދޫ ބަނދަރުގެ ތޮށިގަނޑު މަތިން ވެހިކަލް ދުއްވުމާއި ގުޅޭ

އިޢުލާން

 

ހުޅުދޫ ބަނދަރުގެ ތޮށިގަނޑު މަތިން ވެހިކަލް ދުއްވުމާއި ގުޅޭ

   މިފަހަކަށް އައިސް ބައެއް ފަރާތްތަކުން ހުޅުދޫ ބަނދަރުގެ އެއްގަމު ތޮށި މަތިން ވެހިކަލް ދުއްވާކަން މި އޮފީހަށް ވަނީ ފާހަނގަ ކުރެވިފައެވެ. ތޮށިގަނޑު މަތިން ވެހިކަލްތައް ދުއްވުމުގެ ސަބަބުން، ބަނދަރުގެ އެއްގަމު ތޮއްޓަށް މިހާރުވެސް ގެއްލުން ލިބިފައިވާއިރު، މި ގޮތަށް ވެހިކަލް ދުއްވުމަކީ ނުރައްކާތެރި ހާދިސާއެއް ދިމާވެދާނެކަމެކެވެ. ބަނދަރުގެ އެއްގަމު ތޮށި މަތިން އެއްވެސް އުޅަނދެއް ދުއްވުން މަނާކަން ސާފުކޮށް އެނގޭފަދަ ސައިންބޯޑު ތަކާއި، އަދި ބަނދަރުގެ މުވައްޒަފުން ތަކުރާރުކޮށް އެކަން އެހެން ނުކުރުމަށް ނަސޭޙަތްތެރިވެފައި ވީނަމަވެސް ބައެއް ފަރާތްތަކުން އަދިވެސް ދުއްވަނީ ތޮށިމަތިންނެވެ.

އެހެންކަމުން މި ގޮތަށް މިކަން ނުކުރުމަށް ހުރިހާ ފަރާތްތަކަށް އަންގަމެވެ. އަދި މިކަން ތަކުރާރުކުރާ ފަރާތްތަކާއި މެދު އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އެޅޭނެ ވާހަކަ ދަންނަވަމެވެ.

07 ރަމަޟާން 1447

24 ފެބްރުއަރީ 2026

24 ފެބުރުވަރީ 2026