ދިވެހިރާއްޖެ
އަނގޮޅިތީމު ކައުންސިލްގެ 05 ވަނަ ޤުރުއާން މުބާރާތަށް ކައުންސިލުން ގެންނައުމަށް ހަމަޖެހިފައިވާ ފަނޑިޔާރަށް 2026 މާރޗް 05 ން ފެށިގެން 2026 މާރޗް 07 ވަނަ ދުވަހާއި ހަމައަށް ހުރުމާއި 3 އިރުގެ ކެއުން ހަމަޖައްސައި ދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިކަމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ހުރުމާއި ކެއުން އެއްގެއަކުން ހަމަޖައްސާދޭން ހުށައަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
ވީމާ، މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ފޯމުގައިވާ މަޢުލޫމާތު ފުރުމަށް ފަހު 2026 މާރޗް 02 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް އިދާރާގެ ވައިބަރ ނަންބަރު +960 7978094 ނަންބަރަށް ވައިބަރ ކުރެއްވުން ނުވަތަ ކައުންސިލްގެ މެއިލް [email protected] އަށް މެއިލް ކޮށްދިނުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އިޢުލާން ކުރީމެވެ.