ދިވެހިރާއްޖެ
ި އެސޯސިއޭޝަނުން ބެޑްމިންޓަންގެ ސެޓިފައިޑް ހުރިހާ ކޯޗުންގެ ދަފްތަރެއް އެކުލަވާލުމުގެ މަޞައްކަތް ކުރިއަށް ގެންދާތީ މިވަގުތު ރާއްޖޭގައި ތަމްރީން ވެފައިތިބި ބީ.ޑަބްލިއު.އެފް ސެޓިފައިޑް ހުރިހާ ކޯޗުން އެފަރާތެއްގެ މަޢުލޫމާތު 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށައަޅައި ދިނުމަށް އެދި ދެންނެވީމެވެ.
އީމެއިލް ކުރައްވާނީ: ސެޓިފިކެޓް އަދި އައިޑި ކާޑު ކޮޕީ އާއިއެކު [email protected]
2026 ވަނަ އަހަރަށް ރާވަމުންދާ އޮލިމްޕިކް ސޮލިޑަރިޓީ ކޯޗިންގ ކޯސް އަދި ބީ.ޑަބްލިއު.އެފް ލެވަލް 2 ކޯޗިންގ ކޯހުގައި ފުރުޞަތު ދިނުމުގައި މިއެކުލަވާލެވޭ ދަފްތަރަށް އިސްކަން ދެވޭނެކަންވެސް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 14:00 ށް މިއެސޯސިއޭޝަންގެ ފޯން ނަމްބަރ 3314057 އަށް ގުޅުއްވައިގެން ނުވަތަ ވަޓްސްއެޕް 9904057 ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.