މަސައްކަތް
ނަންބަރު: (IUL)O8MC-A/2015/12
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:18
ސުންގަޑި: 13 ޑިސެންބަރު 2015 11:00
ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އިމާރާތުގެ ކުރިމައްޗަށްވާގޮތަށް ހުރި ފާރު ނަގައި، އަލުން ފާރެއް ރާނައި، އެފާރުގައި ގޭޓެއް ހަދައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

ލ. މާބައިދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ހަދާފައިވާ އިމާރާތުގެ ކުރިމައްޗަށްވާގޮތަށް ހުރި ފާރު ނަގައި، އަލުން ފާރެއް ރާނައި، އެފާރުގައި ގޭޓެއް ހަދައި ހަރުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 13 ޑިސެންބަރު 2015 ދުވަހުގެ 11:00 އަށް މި ކޯޓަށް ނުވަތަ ލ. މާބައިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ޑިސެންބަރު 2015 ދުވަހުގެ 11:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ކޯޓަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015