ބީލަން
ނަންބަރު: (IUL)274/INDIV/2026/19
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 21:00
ސުންގަޑި:
26 ފެބުރުވަރީ 2026 11:30
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ފޭދޫ ޕޮލިސް ޕޯސްޓު އަޅަން ދޫކޮށްފައިވާ ބިމުގެ ހުޅަނގަށް އޮންނަ ސަރަހައްދު ކުނިކަހާ ސާފުކުރުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު (ދެވަނަ ފަހަރަށް)
- މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ށ.ފޭދޫ ޕޮލިސް ޕޯސްޓު އަޅަން ދޫކޮށްފައިވާ ބިމުގެ ހުޅަނގަށް އޮންނަ ސަރަހައްދު ކުނިކަހާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާގެ ނަންބަރު: (IUL)274/INDIV/2026/12 (08 ފެބްރުއަރީ 2026) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ ދެވަނަ ފަހަރަށް، އިޢުލާން ކުރަމެވެ.
- ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. މިމަސައްކަތަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށާއި، ޖަމްޢިއްޔާތަކާބެހޭ ޤާނޫނު (ނަންބަރު 1/2003) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ޖަމާޢަތްތަކަށެވެ.
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސްމިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މިބީލަމުގައި ރަޖިސްޓްރީކުރެއްވުމަށް މިއިޢުލާނާއިއެކު އާންމު ކުރެވިފައިވާ މައިކުރޮސޮފްޓު ފޯމް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
- މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2026 ފެބްރުއަރީ 25ވާ ދުވަހުގެ 14:00ގެ ކުރިން [email protected] އެޑްރެސްއަށް ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2026 ފެބްރުއަރީ 26 ވާ ދުވަހުގެ 11:30 ގައި މިއިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ބިޑްތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ބިޑްތައް ބަލައެއް ނުގަނެވޭނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
23 ފެބުރުވަރީ 2026