ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)297/297/2026/17
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި: 05 މާރިޗު 2026 12:30
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

ވިޔަފާރި ބޭނުންތަކަށް ބިން ކުއްޔަށް ދޫކުރުމާގުޅޭ

 

                      ނ.ވެލިދޫ އަމިނީމަގުން 2889.72 އަކަފޫޓުގެ 1 ބިން ވިޔަފާރި ބޭނުންތަކަށް، 10 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ނިންމާފައެވެ.

       ވީމާ، މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިއިދާރާއަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 

ތަން

ދުވަސް

ތާރީޚު

ގަޑި

މަޢުލޫމާތު ސާފުކުރުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި

26 ފެބުރުވަރީ 2026

12:30

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ބުރާސްފަތި  

05 މާރޗް 2026

12:30

 

        މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

              މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ އަސްލާއި، ވިޔަފާރި ޕްރޮފައިލް ޝީޓްގެ ކޮޕީ ގެންނަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. ނ.ވެލިދޫ މިސްކިތްމަގު ލޯކަލް ބީޗް ސަރަހައްދުން ވިޔަފާރި ބޭނުމަށް ދޫކުރެވޭ ބިމުގެ ޗާޓް މި އިޢުލާނާއި އެކު ހިމެނިފައިވާނެއެވެ.

       މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

                      06 ރަމަޟާން 1447

23 ފެބުރުވަރީ 2026