ދިވެހިރާއްޖެ
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުދުއްފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން ކެއްކުމުގެ ޕްރޮގްރާމެއް، 2026 މާރޗް 08 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިޕްރޮގްރާމަކީ ކެއްކުމަށް ޝައުޤުވެރިވާ އަންހެން ކަނބަލުންނަށް ތަފާތު މީރު ކާއެއްޗެއް ތައްޔާރުކޮށް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުންނާއި ތަފާތު އައު ކާއެއްޗެއް ތަޢާރަފް ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި އެންމެ ރަނގަޅު ފަސް އައިޓަމް ހޮވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަށް 1500.00 (ފަނަރަސަތޭކަ ރުފިޔާ)، 2 ވަނަ އަށް ހޮވޭ ފަރާތަށް 1000.00 (އެއްހާސް ރުފިޔާ)، 3 ވަނައަށް ހޮވޭ ފަރާތަށް 500.00 (ފަސްސަތޭކަ ރުފިޔާ) އަދި އޭގެ އިތުރުން ދެން އެންމެ ރަނގަޅު 2 އައިޓަމް އަށް 300.00 (ތިންސަތޭކަ ރުފިޔާ)ގެ ފައިސާގެ އިނާމް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ވަނަ ހޮވުމުގައި ރަހައަށާއި އުފެއްދުންތެރިކަމަށާއި ޞިއްޙަތަށް ފައިދާހުރި ތަކެތި ބޭނުންކޮށްފައިވާ މިންވަރަށް ބެލޭނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެއް އައިޓަމެވެ.
ވީމާ، މިޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 މާރޗް 05 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން ކައުންސިލްގެ ވައިބަރ ނަންބަރު 7380069 އަށް ކެއްކުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފުރިހަމަ ނަމާއި، އެޑްރެސް، އައިޑީކާޑް ނަމްބަރ އަދި ފޯނު ނަމްބަރ ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9758587 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.