މަސައްކަތް
ނަންބަރު: (IUL)13-E/13/2026/35
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:11
ސުންގަޑި: 23 ފެބުރުވަރީ 2026 13:30
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް

     މި ވުޒާރާގެ ނަންބަރު (IUL)13-E/13/2026/24 (12 ފެބުރުވަރީ 2026) އިޢުލާނާއި ގުޅިގެން އާންމުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި 23 ފެބްރުވަރީ 2026 ވަނަ ދުވަހު ބިޑް ހުށަހަޅާ ގަޑި 11:00ގައި ކަމަށް ލިޔެވިފައިވަނީ ކުށަކުންނެވެ.

     ވީމާ، މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުވާލުމުގެ މަސައްކަތައް، ޕްރޮޕޯސަލް ހުށަހެޅުން ތިރީގައިވާ ގޮތަށް ބަދަލުގެނެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

     އަންދާސީ ހިސާބު ހުށަހެޅުން: 23 ފެބުރުވަރީ 2026، 13:30އަށް

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި ވުޒާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:30ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

23 ފެބުރުވަރީ 2026