ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2026/32
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 02 މާރިޗު 2026 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރާ އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަން ކެމްޕަސް

ޑިޕާޓްމަންޓް:

އެޑްމިން

ގްރޭޑް:

7

ސްޕައިން:

31

އަސާސީ މުސާރަ:

މަހަކު 8,850.77 ރުފިޔާ

ސާރވިސް އެލަވަންސް:

މަހަކު  3,793.19 ރުފިޔާ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ކޮންޓްރެކްޓްގެ މުއްދަތު:

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

އިނާޔަޔްތައް:

  • އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
  • ސްޓާފް ޖިމް ފެސިލިޓީ
  • ލައިބްރަރީ މެމްބަޝިޕް

މަގާމުގެ ޝަރުތުތައް:

  • މަސައްކަތާ ގުޅޭ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަރޓިފިކެޓެއް ލިބިފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަން ކެމްޕަސް

ގްރޭޑް:

5

ސްޕައިން ޕޮއިންޓް:

25

މަޤާމުގެ މުސާރަ:

މަހަކު 7,372.44 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,159.62 ރުފިޔާ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

- ލައިބްރަރީ މެމްބަޝިޕް

 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

މަގާމުގެ ޝަރުތު:

  1. އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ،
  2. އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުން.

އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ގަން ކެމްޕަސް

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

20

މަޤާމުގެ މުސާރަ:

މަހަކު 6,330.97 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,713.27 ރުފިޔާ

އިނާޔަޔްތައް:

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35

- ލައިބްރަރީ މެމްބަޝިޕް

 

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

ވަޒީފާގެ މުއްދަތު

05 މަހާއި 06 މަހާއި ދެމެދުގެ މުއްދަތެއް

މަގާމުގެ ޝަރުތު:

  1. އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ،
  2. އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުން. ނުވަތަ،
  3. އޭލެވެލްގެ 3 މާއްދާއިން ފާސްވެފައިވުމާއެކު 2 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ދަރިވަރުންނަށް ބޭނުންވާ އިދާރީ ކަންކަމުގައި މަގުދައްކައިދީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ދަރިވަރުންގެ ރެޖިސްޓްރޭޝަން އާ ގުޅުންހުރި އިދާރީ މަސައްކަތްތައް ސްޓޫޑެންޓް އެޑްމިނިސްޓްރޭޝަން އާ ގުޅިގެން ކުރުން. މިގޮތުން އެޑްމިޝަން، ޕްރޮގްރެޝަން އަދި ގްރެޖުއޭޝަން އާއިހަމައަށް ދަރިވަރުންގެންދިއުމުގައި ކުރަންޖެހޭ އެންމެހާކަންކަން ކުރުން.
  • ޕަވަރ ކެމްޕަސް އާއި ސެލްފް ސާރވިސް އިން ދަރިވަރުންނަށާއި މުވައްޒަފުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމުގައި ބައިވެރިވެ އެހީތެރިވުން.
  • ދަރިވަރުންނާ ގުޅުންހުރި ފޯމްތައް ފަސޭހައިން ދަރިވަރުންނަށް ލިބޭނެގޮތް ހަމަޖައްސައި، ފޯމުތައް ޕްރޮސެސް ކުރުމުގެ އެންމެހާ ކަންކަން ކުރުން.
  • ކެމްޕަހުގައި ހިންގާ ކޯސްތަކުގެ މާސްޓަރ ޓައިމްޓޭބަލް ކެމްޕަސް މެނޭޖަރގެ ލަފާގެ މަތިން އެކުލަވާލައި އާއްމުކުރުން
  • ކްލާސްރޫމްތައް ގަޑިތަކަށް ދޫކުރުމާއި ދަރިވަރުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާ އުސޫލެއްގެ މަތިން އިންތިޒާމްކޮށް ކުރިއަށްގެންދިއުން.
  • ކެމްޕަހުގައި ހިންގާ ކޯސްތަކުގެ ޕްރެކްޓިކަލް އަށް ބޭނުންވާ ތަކެތި ފެކަލްޓީ ތަކާ ގުޅިގެން ކިޔެވައިދިނުމަށް ދަތިނުވާ ގޮތައް ހޯދުން.
  • ކިޔަވައިދޭ ލެކްޗަރަރ އިންނަށް ދޭންޖެހޭ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
  • ކްލިނިކަލްސް އަދި އިންޓާންޝިޕަށް އަންނަ ދަރިވަރުންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
  • ކެމްޕަހުގައި ހިންގާ ކޯސްތަކަށް ފެކަލްޓީތަކާ ގުޅިގެން ޕާޓްޓައިމް ލެކްޗަރ އިން ހަމަޖައްސައި އެގްރިމެންޓް ހެދުމުގައި ފެކަލްޓީތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަދި ޕޭމަންޓުދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  • ބްލޮކް ކްލާސްތައް ރާވާ ހިންގުމުގައި ފެކަލްޓީތަކާ ގުޅިގެން އިންތިޒާމްތައް ހަމަޖެއްސުން.
  • އެގްޒާމްތަކަށް ކެމްޕަހުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމްތައް އެގްޒަމިނޭޝަން ޑިޕާރޓްމަންޓާއި ގުޅިގެން އެފަރާތުން އަދި ކެމްޕަސްއިން ހަމަޖައްސާ އުސޫލުތަކާ އެއްގޮތައް ކުރިއަށްގެންދިއުން.
  • ދަރިވަރުންގެ ޙިދުމަތް (ސްޓޫޑަންޓް ސަޕޯރޓް) އިން ރާވާ ކަންކަން އިންތިޒާމްކުރުމުގައި ބައިވެރިވުމާއި އެހީތެރިކަން ދިނުން.
  • ދަރިވަރުންގެ ވިންގް އަށް އެހީތެރިކަން ފޯރުކޮށްދިނުން.
  • ކޯސް ޕްރޮމޯޝަން އިވެންޓްތައް ރާވާ ހިންގުން އަދި މީޑިއާއަށް ކެމަޕަސްގެ ކަންކަން ހާމަކުރުމުގައި ކެމްޕަސް މެނޭޖަރ އަންގަވާގޮތެއްގެ މަތިން ކަންކަން ކުރުން.
  • މުވައްޒަފަކު ސަލާމް ބުނުމުން ނުވަތަ ޗުއްޓީ ނެގުމުން ކެމްޕަސް މެނޭޖަރ އަންގަވާ ގޮތެއްގެ މަތިން އެ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2026 މާރިޗު 02 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

ލިންކު: https://tinyurl.com/MNU-HR-2026-32

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި ޕީ.ޑީ.އެފް" ކޮށްފައެވެ.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

    މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.

23 ފެބުރުވަރީ 2026