ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)259/2026/18
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި:
02 މާރިޗު 2026 00:00
ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުގެ ވަލުތެރޭގައި ގަސް ކެނޑުމާއި ގުޅޭ
މިހާރަކަށް އައިސް ރަށުގެ ވަލުތެރޭގައި ހުރި ބޮޑެތި ގަސްތައް ކަނޑައި، އަންދަމުންދާކަން މި ކައުންސިލަށް ވަނީ ފާހަގަކުރެވިފައެވެ. ތިމާވެއްޓަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބޭ މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް މި ކައުންސިލުން އިލްތިމާސްކުރަމެވެ. އަދި މިފަދަ ކަންކަމަކީ ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ރަށަށް އިތުރުވެގެންދާނެ ކަމެއްކަމުގައި ދަންނަވަމެވެ. އެހެންކަމުން، ރަށުގެ ފެހިކަން ދަމަހައްޓައި، އަންނާން އޮތް ޖީލުތަކަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށްޓަކައި އެންމެހައި ރައްޔިތުން އެއްބާރުލުން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
23 ފެބުރުވަރީ 2026