ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 349-A/2026/08
ޕަބްލިޝްކުރި ތާރީޚް: 22 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:12
އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ބައްދަލުވުން

ޤާނޫނު ނަންބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ކައުންސިލްތަކުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން، 28 ފެބްރުވަރީ 2026 ވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 21:15 ގައި، މިރަށު ޕްރީ-ސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި 2025 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި، 2025 ވަނަ އަހަރުގެ މާލީ ހިސާބު ހިއްސާކުރުން އޮންނާނެއެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

22 ފެބުރުވަރީ 2026