ބީލަން
ނަންބަރު: (IUL)274/INDIV/2026/18
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 16:39
ސުންގަޑި: 25 ފެބުރުވަރީ 2026 13:15
މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. އިޖުތިމާއީ ސަރަހައްދުތަށް 1(އެކެއް) އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހެއްޓުމުގެ މަސައްކަތް

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް ށ. އިޖުތިމާއީ ސަރަހައްދުތަށް 1(އެކެއް) އަހަރު ދުވަހަށް ކުނިކަހާ ސާފުކޮށް ބަލަހެއްޓުމުގެ މަސައްކަތް  ކޮށްދެނެ ފަރާތެއް  ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv)  އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  4. ބީލަން ހުށަހަޅަން ވާނީ ‏2026‏ ފެބްރުއަރީ‏ 25ވާ ދުވަހުގެ ހެނދުނު 13:15 އަށް ށ.ފޭދޫ ޕްރީސްކޫލްގައިއެވެ.  
  5. ހުށައަޅާ ބީލަން ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 
19 ފެބުރުވަރީ 2026