ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ބީލަމާއި ބެހޭ މަޢުލޫމާތު:
ޕޯސްޓް އޮފީހުގެ މައި އިމާރާތާއި މާލެ ސަރަހައްދުގެ އެހެނިހެން އައުޓްލެޓްތަކުގެ ފަޔަރ ސިސްޓަމް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިމަސައްކަތާ ގުޅޭ ޓާރމްސް އޮފް ރިފަރަންސް "ޓީ.އޯ.އާރް" މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައިވާނެއެވެ.
|
ޕްރީ-ބިޑް މީޓިންގ: |
|
|
ތާރީޚް: |
25 ފެބުރުވަރީ 2026 |
|
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ، 8 ވަނަ ފަންގިފިލާ |
|
ގަޑި: |
11:00 |
|
ބިޑް ޕްރޮޕޯރސަލް ހުށަހެޅުން: |
|
|
ތާރީޚް: |
05 މާރިޗު 2026 ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ. |
|
އެޑްރެސް/ތަން: |
ޕޯސްޓް ބިލްޑިންގ، 8 ވަނަ ފަންގިފިލާ |
|
ގަޑި: |
11:00 |
2- ބީލަމާއި ގުޅުންހުރި މުހިންމު ބައެއް މަޢުލޫމާތު:
- މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގ އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ރަސްމީގަޑީގައި ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
- 3009292 – ޕްރޮކިއުމަންޓް ޔުނިޓް
- [email protected]