ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)409/409/2026/13
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:36
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުން ބޭރުގައި ދިރިއުޅޭ ރަށުގެ ރަށްވެހިންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ!

ގއ.ނިލަންދޫ ރަށްވެހިންގެ ތެރެއިން ރަށުގެ ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކައުންސިލުން ދަނީ ކުރަމުންނެވެ. އެގޮތުން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތެއްކަން އަދި ދިރިއުޅެމުންދާ މުއްދަތު ކަނޑައަޅާނީ މި އިދާރާއަށް ހުށަހަޅާ ލިޔުންތަކަށް ބެލުމަށްފަހުގައެވެ.

ރަށުގައި ދިރިނޫޅޭކަން އަންގައިދުނުމަށް ހުށަހެޅިދާނެ ލިޔެކިޔުން:

1-      ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން ( މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ރާތީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން) އަދި ޤާނޫނު ނަންބަރ 2009/8 (ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނު) ތަސްދީޤުކުރުމުގެ ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްކަމުގައިވާނަމަ، ވަޒީފާދޭ އަމިއްލަ ފަރާތްތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައިވާ ވަޒީފާ އަދާކުރިކަމުގެ ލިޔުން (މިލިޔުމުގައި ވަޒީފާ އަދާކުރަންފެށި ތާރީޚާއި، ލިޔުން ދޫކުރި ފަރާތުގެ ނަމާއި ސޮޔާއި ސިއްކަ ޖަހާފައި އޮތުން)

2-      ދިރިއުޅޭ ރަށުގެ ތައުލީމީ މަރުކަޒަކުން ތަޢުލީމީ ޙާސިލްކޮށްފައިވާކަން އެނގޭނެ ލިޔުން.

3-      ދައުލަތުގެ އިދާރާއަކުން އެއިދާރާއިން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކުގެ މައުލޫމާތުން، އެރަށެއްގައި ދިރިއުޅެފައިވާ މުއްދަތު ސާބިތުވާކަމުގެ ލިޔުމެއް

4-      ދިރިއުޅޭރަށުގައި ދިރުއުޅޭކަން ސާބިތުކޮށްދިނުމުގެ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ކުރިމަތީގައި ހުވައެއްކޮށް، އެމީހަކު އެރަށެއްގައި ދިރިއުޅެފައިވާގޭގެ ވެރިފަރާތުން ދީފައިވާ، މި އިޢުލާނާއެކު ގެޒެޓްކޮށްފައިވާ ނަމޫނާއާއި އެއްގޮތަށް، ނޮޓޮރައިޒްކޮށް ހުށަހަޅާ އެފިޑެވިޓް

 

  5. ދިރިއުޅޭތަން ކަށަވަރު ކޮށްދޭނެ 02 ފަރާތެއްގެ ހެކިބަސް އެގޭނެ ލިޔުމެއް (ހެކިވެރިންގެ ސިޓީއެއް މުއްދަތާއެކު)             

          ވީމާ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި ސިޓީ މެދުވެރިކޮށް ލިޔެކިޔުންތަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގެވުމަށްޓަކައި އިޢުލާން ކުރީމެވެ. 

19 ފެބުރުވަރީ 2026