ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2026/04
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:20
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026 ފެބްރުވަރީ ރައްޔިތުންނާއި ބައްދަލުކުރުން
އިޢުލާން
ރައްޔިތުންނާއި ބައްދަލްކުރުން
ޤާނޫން ނަމްބަރ 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން ބާއްވަން ޖެހޭ ރައްޔިތުންގެ ބައްދަލުވުމގެ ތެރެއިން ފެބްރުވަރީ މަހު ބާއްވަންޖެހޭ ބައްދަލުވުން 28 ފެބްރުވަރީ 2026 ވާ ހޮނިހިރު ދުވަހުގެ ރޭ 22:00 ލ. ކުނަހަންދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.
މި ބައްދަލްވުމުގައި ރައްޔިތުންނާއި ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަންކަން ތިރީގައި އެވަނީއެވެ.
- 2025 ވަނަ އަހަރުގެ ކައުންސިލްގެ އަހަރީ ރިޕޯޓް
- 2025 ވަނަ އަހަރުގެ މާލީ ރިޕޯޓް
- 2026 ވަނަ އަހަރު ފާސްކުރެވުނު ބަޖެޓް
- ރައްޔިތުންގެ ޙިޔާލު ހުށެހެޅުމާއި ސުވާލުތަކަށް ޖަވާބުދިނުން
ވީމާ، މިކަން ޢާމުކޮށް އެންގުމަށް ޢިޢުލާނު ކުރީމެވެ. މި ބައްދަލްވުމުގައި ކުނަހަންދޫގެ ހުރިހާ ރައްޔިތުން ބައިވެރިވެ ދެއްވުން އެދި ދައުވަތު އަރުވަމެވެ.
02 ރަމަޟާން 1447
19 ފެބްރުވަރީ 2026
19 ފެބުރުވަރީ 2026