ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)273/273/2026/10
ޕަބްލިޝްކުރި ތާރީޚް: 19 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:19
މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

އިޢުލާން

ރައްޔިތުންނާއި ބައްދަލުކުރުން

                  "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ނަންބަރު (2010/7) ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރެއްގެ ފެބުރުއަރީ މަހު ރައްޔިތުންނަށް ހުޅުވާލައިގެން ބޭއްވުމަށް ކައުންސިލަށް ލާޒިމްކުރާ ބައްދަލުވުން 28 ފެބުރުއަރީ 2026 (ހޮނިހިރު) ވަނަދުވަހުގެ 21:30 ގައި މިކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގެ އެޖެންޑާ:

  1. 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުން.
  2. 2025 ވަނަ އަހަރުގެ މާލީ ރިޕޯޓް ހުށަހެޅުން.
  3. 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ޙިއްޞާކުރުން.
  4. ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގެ މަޢުލޫމާތު ހިއްޞާކޮށް ރައްޔިތުންގެ ޚިޔާލާއި ސުވާލަށް ފުރުޞަތު ދިނުން.

             ވީމާ، މިބައްދަލުވުމުގައި ބައިވެރިވެ ދެއްވުން އެދި ށ.ގޮއިދޫ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

             މިއިޢުލާނާއެކު ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ފެންނާނޭހެން އާއްމުކުރީމެވެ.

ލިންކް:

https://localgovmv-my.sharepoint.com/:f:/g/personal/aishath_nadiya_goidhoo_gov_mv/IgCtQd3qEnFWSbMrST-D62wIAUdFQXhfRZsyWOrk8A2Emhg

19 ފެބުރުވަރީ 2026