ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
| 
 އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން (GS4)  | 
 މަޤާމް:  | 
|||
| 
 1 (އެކެއް)  | 
 ބޭނުންވާ އަދަދު:  | 
|||
| 
 ޖުވެނައިލް ކޯޓު، މާލެ  | 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
|||
| 
 އެޑްމިން އެންޑް އައި. ޓީ. ސެކްޝަން  | 
 ސެކްޝަން:  | 
|||
| 
 -/5,020 ރުފިޔާ  | 
 މުސާރަ:  | 
|||
| 
 މަހަކު -/1500 ރުފިޔާ  | 
 ސަރވިސް އެލަވަންސް:  | 
|||
| 
 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު؛ 1. މަތީ ސާނަވީ އިމްތިޙާނަކުން 03 މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، GS3 ގެ ރޭންކުގައި މަދުވެގެން 01 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛ 2. މަޤާމަށް ބޭނުންވާ ދާއިރާއަކުން އެޑްވާންސް ސެޓިފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ؛ 3. މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS3 ގެ ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  | 
 މަޤާމުގެ އަސާސީ ޝަރުޠު:  | 
|||
| 
 - ކޮމްޕިއުޓަރުތަކާއި، ނެޓްވޯކާއި، ރެކޯޑިންގ ސިސްޓަމްތަކާއި، އޯޑިއޯ/ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތަކާއި، ސަރވަރއާއި، ވެބްސައިޓަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެކަންކަން ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައްއެޅުމާއި، އައިޓީއާ ގުޅުންހުރި އެހެނިހެން އިކްއިޕްމަންޓްތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ ކަންކަން ކުރުން. - ކޯޓުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށް ބޭނުންވާ އައިޓީއާ ގުޅޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.  | 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  | 
|||
| 
 މި މަޤާމަށް ހޮވޭ ފަރާތަކަށް: - ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ % 40 ލިބޭނެ. - ލިވިންގ އެލަވަންސްގެގޮތުގައި 2700 ރުފިޔާ ލިބޭނެ. - އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާ، ހަމަޖެހިފައިވާ އުޞޫލުން ލިބޭނެ. - ހަމަޖެހިފައިވާ އުޞޫލުން، ނައިޓް ކޯޓު އެލަވަންސް ލިބޭނެ.  | 
 އުޖޫރައާއި ޢިނާޔަތްތައް:  | 
|||
| 
 މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު، މި ކޯޓަށް (މ. މާތިލައިގައި ހުންނަ) ފޯމު ހުށަހެޅުން އެދެމެވެ.  | 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
|||
| 
 2015 ޑިސެންބަރު 22 ވަނަ ދުވަހުގެ 12:00  | 
 ސުންގަޑި:  | 
|||
| 
 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް. ކިއު. އޭ) އިން އެކްރިޑެޓްކުރައްވާފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހަޅަންވާނެއެވެ. - ވަޒީފާއަށް ކުރިމަތިލާ ފަރާތުން އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ. - ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެ. އަދި މި ކޯޓުގެ http://www.juvenilecourt.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.  | 
 
 އިތުރު މަޢުލޫމާތު: 
  | 
|||
| 
 26 ޞަފަރު 1437  | 
||||