ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތް ބަލައިގަތުމާ ގުޅޭ
ދިވެހިރާއްޖޭގެ "ޒަކާތުގެ ޤާނޫނު ނަންބަރު 2025/27" އަށް 2026 ޖަނަވަރީ 01 ވަނަދުވަހުން ފެށިގެން ޢަމަލު ކުރަން ފެށުމާއި ގުޅިގެން 1447 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާއްމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން ކަމުގައި ދަންނަވަމެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 01 ރަމަޟާން 1447 ދުވަހުން ފެށިގެން 27 ރަމަޟާން 1447 ދުވަހުގެ ހެނދުނު 6:00ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. މި އަހަރުގެ ފިޠުރު ޒަކާތު ފައިސާ މި އިދާރާގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފާރ ނުކުރެއްވުމަށް ދަންނަވަމެވެ.
ފިޠުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ޕްލެޓް ފޯމް ތަކާއި ބަލައިގަންނަ ސުންގަޑި:
|
# |
އިދާރާ / މުއައްސަސާ |
ސުންގަޑިތައް |
|
1 |
ދިވެހިރާއްޖޭގެ ގުޅުން (ދިރާގް) |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
2 |
އުރީދޫ |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކް |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް |
28 ރަމަޟާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
މިނިސްޓްރީ އޮފް ފިނޭންސް (ބަނޑޭރިޕޭ) |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
އަވަސް އެޕް |
ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު:
|
# |
ބާވަތް |
ފައިސާގެ ޢަދަދު |
|
1 |
އާދައިގެ ހަނޑޫ |
12.00 ރުފިޔާ |
|
2 |
ތައިލެންޑް ހުދު ހަނޑޫ |
53.00 ރުފިޔާ |
|
3 |
ރަތް ހަނޑޫ |
96.00 ރުފިޔާ |
|
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
77.00 ރުފިޔާ |
|
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
109.00 ރުފިޔާ |
|
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
136.00 ރުފިޔާ |
|
7 |
އާދައިގެ ފުށް |
10.00 ރުފިޔާ |
|
8 |
އާޓާ ފުށް |
75.00 ރުފިޔާ |
މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިދާރާގެ ނަންބަރު 6540043 ފޯނާއި ގުޅުއްވުމުން ނުވަތަ މިއިދާރާއަށް ވަޑައިގަތުމުން ސާފުކޮށްދެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.