ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)MUH/1/2026/33
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 23 ފެބުރުވަރީ 2026 13:00
މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
މުޙްޔިއްދީން ސްކޫލް އެނެކްސް ފިހާރަ ކުއްޔަށް ދޫކުރުމާ ގުޅޭ

މުޙްޔިއްދީން ސްކޫލް އެނެކްސް ފިހާރަ ކުއްޔަށް ދޫކުރުމާ ގުޅޭ

 

  1. މުޙްޔިއްދީން ސްކޫލް އެނެކްސް ފިހާރަ ކުއްޔަށް ނަގާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން IUL)MUH/1/2026/33) ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅުއްވާފައި ނުވާތީ އަލުން ކުރެވޭ 2 ވަނަ އިޢުލާނަށް ބީލަން ހުށަހެމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 17 ފެބްރުއަރީ 2026 އިން 23 ފެބްރުއަރީ 2026 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. "ބިޑް ރަޖިސްޓްރީ ފޯމް"ގެ ލިންކު:  https://docs.google.com/forms/d/e/1FAIpQLSfORHjtiGvqMvkF4MPoYzjT6ZOzr5ULgZT-P2fuuGIJ_ctTvA/viewform?usp=publish-editor
  5. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  6. ޕްރީ-ބިޑް މީޓިންގ އޮންނާނީ 24 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 11:00 ގައި މުޙްޔިއްދީން ސްކޫލުގައެވެ.
  7. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 01 މާރިޗު 2026 ވާ އާދިއްތަ ދުވަހުގެ 11:00 ގައިމުޙްޔިއްދީން ސްކޫލުގެ މީޓިންގް ރޫމްގައެވެ.
  8. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  9. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މުޙްޔިއްދީން ސްކޫލް

މާލެ

ފޯން:  7552792

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

29 ޝަޢުބާން 1447

17 ފެބްރުއަރީ 2026

17 ފެބުރުވަރީ 2026