ދިވެހިރާއްޖެ
އިޢުލާން
258/258/2026/10(IUL)
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާ ގުޅޭ
1447 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް ގެ ނަންބަރު 496-B2/CIR/2026/1 (28 ޖަނަވަރީ 2026) ސަރކިއުލަރގައިވާ ގޮތުގެ މަތިންކަމުގައި ދަންނަވަމެވެ.
ނަމަވެސް، އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ޒަކާތްދެއްކުމަށް ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް ޚާއްސަކޮށް ، ރަމަޟާން މަހުގެ 5 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން 12:00 އަށް ނަޤުދު ފައިސާއިން ޒަކާތްބަލައި ގަތުން މިއިދާރާގައި ކުރިޔަށްދާނެއެވެ.
އެހެންކަމުން މި އަހަރުގެ ފިޠުރު ޒަކާތު ފައިސާ ކައުންސިލްގެ އެއްވެސް އެކައުންޓަކަށް ޓްރާންސްފަރ ނުކުރެއްވުމަށް ދަންނަވަމެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯގެ އަގެވެ. ނުވަތަ 2.4 ކިލޯއެވެ. އެގޮތުން ފިޠުރުޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލް ތިރީގައި އެވަނީއެވެ.
|
# |
ބާވަތް |
ފައިސާގެ އަދަދު |
|
1 |
އާދައިގެ ހަނޑޫ |
12 ރުފިޔާ |
|
2 |
ތައިލެންޑް ހުދު ހަނޑޫ |
53 ރުފިޔާ |
|
3 |
ރަތް ހަނޑޫ |
96 ރުފިޔާ |
|
4 |
ބާސްމަތީ ހަނޑޫ ( އާދައިގެ) |
77 ރުފިޔާ |
|
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
109 ރުފިޔާ |
|
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
136 ރުފިޔާ |
|
7 |
އާދައިގެ ފުށް |
10 ރުފިޔާ |
|
8 |
އާޓާ ފުށް |
75 ރުފިޔާ |
އޮންލައިންކޮށް ޒަކާތް ދެއްކޭނެ ޕްލެޓްފޯމަތައް
|
# |
އިދާރާ މުއައްސަސާ |
ޒަކާތް ދެއްކޭނެ ގޮތް |
|
|
1 |
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) |
ދިރާގު އެޕް / ދިރާގު ޕޭ (ވެބްސައިޓް) |
އެސް.އެމް.އެސް |
|
2 |
އުރީދޫ |
އެމް ފައިސާ (އެޕްލިކޭޝަން) |
އެސް.އެމް.އެސް |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކު |
ފައިސާ މޮބައިލް އެކްސް (އެޕްލިކޭޝަން) |
ފައިސާ ނެޓް |
|
4 |
ބޭންކް އޮފް މޯލްޑިވްސް |
ބީއެމްއެލް މޯބައިލް (އެޕްލިކޭޝަން) |
ފައިސާ ނެޓް |
|
5 |
ފަހިޕޭ |
ފަހިޕޭ (އެޕްލިކޭޝަން) |
ފައިސާ ނެޓް |
|
6 |
އަވަސް އެޕް |
އަވަސް އެޕް (އެޕްލިކޭޝަން) |
- |
|
7 |
މިނިސްޓްރީ އޮފް ފިނޭންސް |
ބަނޑޭރިޕޭ (އެޕްލިކޭޝަން) |
ވެބްސްއިޓް / ޕޯޓަލް |
ފިޠުޒަކާތް ބަހާނީ، 01 ރަމަޟާން 1447 އާއި ހަމައަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިންނެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
29 ޝަޢުބާން 1447
17 ފެބުރުއަރީ 2026