ދެންނެވުން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:43
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައެޅުން.

1447ވަނަ އަހަރުގެ ރަމަޟާން މަހު ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ކަނޑައެޅުން.

 

އެހެން އަހަރު ތަކެކޭވެސް އެއްފަދައިން 1447 ވަނަ އަހަރުގެ ރަމަޟާން މަހު އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަދުވަހުގެ ނިޔަލަށް ގްރޭޓަރ މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް އަންނަނިވި ފަދައިން ވަނީ ކަނޑައަޅާފައެވެ.

 

-          ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، އަދި ޝައްވާލް މަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް.

-          ހެނދުނު08:00 އިން 09:30 އަށް

-          ހަވީރު 16:30 އިން 20:00 އަށް

 

-          ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ  ނިޔަލަށް؛

-          ހަވީރު 16:30 އިން 20:00 އަށް

 

މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫން) ގެ 3 ވަނަ މާއްދާގެ (ހ) އިންބާރުލިބިގެން އެ ޤާނޫނުގެ 68 ވަނަ މާއްދާގެ ދަށުން -/750 ރުފިޔާ އިންޖޫރިމަނާކުރެވޭނެކަމުގައި ދަންނަވަމެވެ. ވުމާއެކު، ހުރިހާ ފަރާތްތަކުންވެސް މިދެންނެވި ގޮތަށް ޢަމަލުކުރުމަށްއަންގާ އިޢުލާނުކުރީމެވެ.

17 ފެބުރުވަރީ 2026