ބީލަން
ނަންބަރު: IUL/1095/2026/05
ޕަބްލިޝްކުރި ތާރީޚް: 17 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:33
ސުންގަޑި: 25 ފެބުރުވަރީ 2026 13:00
އައްޑޫ ހައި ސްކޫލް
ދިވެހިރާއްޖެ
އައްޑޫ ހައި ސްކޫލްގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދުން

އިއުލާން ނަންބަރު: IUL/1095/2026/05                         

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އައްޑޫ ހައި ސްކޫލްގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދުން

1. މިސްކޫލްގެ ކެންޓީން ހިންގާނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 1095/IUL/2026/04 (11 ފެބްރުއަރީ 2026) އިޢުލާން ބާތިލްކޮށް މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ސްކޫލްގެ ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށްޓަކައި  ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުތުފުރިހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށްޓަކައި މިއަދުން (17 ފެބްރުއަރީ 2026) ފެށިގެން25 ފެބްރުއަރީ 2026 ގެ 13:00 ގެ ނިޔަލަށް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރެއްވުމުން ރަޖިސްޓްރީ ކުރާ ފަރާތުގެ އީމެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތަކަށް، މީބީލަމާއި ގުޅިގެން ބާއްވާ ޕްރީބިޑް މީޓިންގ އަދި ބީލަން ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

3. މިޕްރޮކިއުމެންޓް އާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ފެބްރުއަރީ 24 ވާ އަންގާރަދުވަހުގެ ކުރިން މިއިޢުލާނުގެ 06  ވަނަ އެޑްރެހުގައި ވާ އީމެއިލް އެޑްރެހަށް މެއިލްކުރެއްވުން އެދެމެވެ.

4. މިބީލަމާއި ގުޅޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 2026 ފެބްރުއަރީ 26 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައްޑޫ ހައިސް ސްކޫލް ސެމިނަރރޫމްގައެވެ.

5. ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 2026 މާރޗް 05 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި އައްޑޫ ހައި ސްކޫލް ސެމިނަރރޫމްގައެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބީލަން ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

6. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ބަޖެޓް ސެކްޝަން

އައްޑޫ ހައި ސްކޫލް

ހިތަދޫ،އައްޑޫ                                                                       

ފޯން:  6885796

އީ-މެއިލް: [email protected]

ކޮޕީ-މެއިލް: [email protected]

29 ޝަޢުބާން 1447

                                    17 ފެބްރުއަރީ 2026

17 ފެބުރުވަރީ 2026