ދިވެހިރާއްޖެ
އިޢުލާން
ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.
ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު (IUL)249-M/249/2026/6 އިއުލާނާއި ގުޅިގެން ރެޖިސްޓްރި ވުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅު ކޮށްފައި ނުވާތީ މި އިއުލާނު ބާތިލުކޮށް އަލުން އިއުލާނު ކުރަމެވެ.
ހއ.ކެލާ ކައުންސިލްގެ ކުންފުނި " ކެލާ ލޯކަލް އޮތޯރިޓީ ކޮންޕެނީ " އުވާލުމުގެ އެންމެހާ މަސައްކަތްތައް ކޮންދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކެލާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.
|
ރަޖިސްޓްރީ ކުރުން |
17 ފެބްރުއަރީ 2026 ހެނދުނު 09:00 އިން 26 ފެބްރުއަރީ 2026 12:00 އަށް ރަސްމީ ދުވަސްތަކުގައި ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ މެއިލް [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެނެވެ. |
|
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
2 މާރިޗު 2026 ވާ ހޯމަ ދުވަހުގެ 10:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
|
އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
8 މާރިޗު 2026 ވާ އާދިއްތަ ދުވަހުގެ 09:00 ގައި ކެލާ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. |
1- އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
2- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ / މިސްކިތް މަގު، ހއ.ކެލާ ، ދިވެހިރާއްޖެ އީމެއިލް: [email protected]