ދިވެހިރާއްޖެ
މި އިޢުލާންވަނީ 17 ފެބުރުވަރީ 2026 08:46 ގައި ބާތިލް ކުރެވިފައެވެ.
ބޮޑުފޮޅުދޫ ކައުންސިލުން ހިންގަންބޭނުންވާ ޤްރުއާން ކްލާސް ހިންގައިދޭނެ ފަރާތެއް ހޯދުމާގުޅޭ:-
މިކައުންސިލުން 18 އަހަރުން ދަށުގެ ކުދިންނަށް 11 މަސްދުވަހުގެ މުއްދަތަކަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަމްބަރު (IUL)343-AS/343/2026/1 ގެ އިޢުލާންގެ އިޖްރާއަތުތައްފުރިހަމަ ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
މިކައުންސިލުން 18 އަހަރުން ދަށުގެ ކުދިންނަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމަށްޓަކައި މި އިޢުލާނާއި އެކު އެއްހީރަސްކޮށްފައިވާ މަޢުލޫމާތުޝީޓާއި އެއްގޮތަށް 11 މަސްދުވަހުގެ މުއްދަތަކަށް ޤްރުއާން ކްލާސްތަކެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2026 ފެބްރުއަރީ 26 ވާ އަންގާރަ ދުވަހުގެ 10:00އަށް މިކައުންސިލްގެ އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި ހުށައަޅުއްވާ ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 2026 ފެބްރުއަރީ 26 ވާ އަންގާރަ ދުވަހުގެ 10:00 ގައި ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
28 ޝަޢުބާން 1447
16 ފެބްރުއަރީ 2026