ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B2/422/2026/7
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:16
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

                މޯލްޑިވްސް ޒަކާތު ހައުސްގެ ނަންބަރު: 496-B2/CIR/2026/1 ( 28 ޖަނަވަރީ 2026) ގެ ސާކިއުލަރ އާއި ގުޅޭ ގޮތުން ދަންނަވަމެވެ. 1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުންނެވެ. އެގޮތުން ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 1447 ރަމަޟާން 01 ވަނަ ދުވަހުން ފެށިގެން 1447 ރަމަޟާން 27 ވަނަ ދުވަހުގެ ހެންދުނު 06:00 އާ ހަމައަށް ތިރީގައި ބަޔާންކޮށްފައިވާ މުއައްސަސާތައް މެދުވެރިކޮށެވެ.

#

އިދާރާ/މުއައްސަސާ

ޒަކާތް ދެއްކޭނެ ގޮތް

1

ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)

ދިރާގު އެޕް/ ދިރާގު ޕޭ (ވެބްސައިޓް

އެސް.އެމް.އެސް

2

އުރީދޫ

އެމް ފައިސާ (އެޕްލިކޭޝަން)

 

3

މޯލްޑިވްސް އިސްލާމިކް ބޭންކް (MIB)

ފައިސާ މޯބައިލް އެކްސް (އެޕްލިކޭޝަން)

ފައިސާ ނެޓް

4

ބޭންކް އޮފް މޯލްޑިވްސް (BML)

ބީ.އެމް.އެލް މޯބައިލް (އެޕްލިކޭޝަން)

ވެބްސައިޓް

5

ފަހިޕޭ

ފަހިޕޭ (އެޕްލިލޭޝަން)

ވެބްސައިޓް

6

އަވަސް އެޕް

އަވަސް އެޕް (އެޕްލިކޭޝަން)

-

7

މިނިސްޓްރީ އޮފް ފިނޭންސް

ބަނޑޭރިޕޭ

ވެބްސައިޓް /ޕޯޓަލް

 

                 "ބަނޑޭރިޕޭ" އާއި "ފަހިޕޭ" މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ. މީގެ އިތުރުން، އުމުރުން ދުވަސްވީ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް ދަތިވާ ފަރާތްތަކަށް ޒަކާތް ދެއްކުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ތިރީގައިވާ ތާވަލާ އެއްގޮތަށް މިއިދާރާއިން ވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ.

#

ތާރީޚް

ދުވަސް

ގަޑި

އެހީތެރިވާނެ ފޯކަލްޕޮއިންޓް

1

22 ފެބުރުވަރީ 2026 – 09 މާރިޗު 2026

ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު

10:00 އިން 12:00 އަށް

އަޙުސާނާ ޒާހިރު / ސ.ފައިނޭންސް އޮފިސަރ

 

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދު

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

53 ރުފިޔާ

3

ރަތް ހަނޑޫ

96 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

77 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

109 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

136 ރުފިޔާ

7

އާދައިގެ ފުށް

10 ރުފިޔާ

8

އާޓާ ފުށް

75 ރުފިޔާ

 

                       ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

16 ފެބުރުވަރީ 2026