ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2026/9
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 16 ފެބުރުވަރީ 2026 00:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޟާން މަހު ބ ގޮއިދޫއިން އެއްގަމު ލައިސަންސް ދޫކުރުމާއި ގުޅޭ

އިޢުލާން

ރަމަޟާން މަހު ބ ގޮއިދޫއިން އެއްގަމު ލައިސަންސް ދޫކުރުމާއި ގުޅޭ

           މި ކައުންސިލުން ދޫކުރަމުންއަންނަ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފޯރުކޮއްދެމުން އައި  ގަނޑިތައް ވަނީ ބަދަލުވެފައެވެ. މި ގޮތުން ރަމަޟާން މަހު ލައިސަންސްގެ ތިއަރީ ޓެސްޓް ހެދުން އޮންނާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 އިން 11:00 އަށެވެ. އަދި ދުއްވުމުގެ ޓެސްޓް އޮންނާނީ ހަމައެދުވަސްތަކުގެ ހެނދުނު 11:00 އިން 13:00 އަށެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

16 ފެބުރުވަރީ 2026