ދިވެހިރާއްޖެ
މި އިޢުލާންވަނީ 15 ފެބުރުވަރީ 2026 14:12 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
1447 ވަނަ އަހަރު ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ
މޯލްޑިވްސް ޒަކާތު ހައުސްގެ ނަންބަރު: 496-B2/CIR/2026/1 (28 ޖަނަވަރީ 2026) ގެ ސާކިއުލަރ އާއި ގުޅޭ ގޮތުން ދަންނަވަމެވެ. 1447 ވަނަ އަހަރު މުޅި ރާއްޖޭގައި ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމް ތަކުންނެވެ. އަދި އޮންލައިން ޕްލެޓް ފޯމްތަކުގެ ކިއު އާރު ކޯޑްތައް ހިމެނޭ ޕޯސްޓަރުތައް 01 ރަމަޝާން 1447 ވަނަ ދުވަހު ކައުންސިލް ފޭސްބުކް ޕޭޖް އިން ޙިއްސާ ކުރެވިގެންދާނެއެވެ. ވީމާ، މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނީ މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި ޢާންމުކުރާ އޮންލައިން ޕްލެޓްފޯމްތަކުން އެކަނިކަމުގައި ދެންނެވީމެއެވެ.
ފިތުރު ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ޕްލެޓް ފޯމް ތަކާއި ބަލައިގަންނަ ސަންގަޑި
|
# |
އިދާރާ / މުއައްސަސާ |
ސުންގަޑިތައް |
|
1 |
ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) |
28 ރަމަޝާން 1447ގެ ހެނދުނު 06:00 |
|
2 |
އުރީދޫ |
28 ރަމަޝާން 1447ގެ ހެނދުނު 06:00 |
|
3 |
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) |
28 ރަމަޝާން 1447ގެ ހެނދުނު 06:00 |
|
4 |
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) |
28 ރަމަޝާން 1447ގެ ހެނދުނު 06:00 |
|
5 |
ފަހިޕޭ |
ރަމަޝާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
6 |
އަވަސް އެޕް |
ރަމަޝާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
|
7 |
ބަނޑޭރިޕޭ |
ރަމަޝާން މަހުގެ ފަހު ދުވަހުގެ އިރުއޮއްސި 18:00 |
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ޢަދަދު
|
# |
ބާވަތް |
ފައިސާގެ އަދަދު |
|
1 |
އާދައިގެ ހަނޑޫ |
12.00 ރުފިޔާ |
|
2 |
ތައިލެންޑް ހުދު ހަނޑޫ |
53.00 ރުފިޔާ |
|
3 |
ރަތް ހަނޑޫ |
96.00 ރުފިޔާ |
|
4 |
ބާސްމަތީ ހަނޑޫ (އާދައިގެ) |
77.00 ރުފިޔާ |
|
5 |
ބާސްމަތީ ހަނޑޫ (މޮޅު) |
109.00 ރުފިޔާ |
|
6 |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
136.00 ރުފިޔާ |
|
7 |
އާދައިގެ ފުށް |
10.00 ރުފިޔާ |
|
8 |
އާޓާ ފުށް |
75.00 ރުފިޔާ |
މޯލްޑިވްސް ޒަކާތު ހައުސްއިން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 ރަމަޝާން 1447 ވަނަ ދުވަހުން ފެށިގެން 27 ރަމަޝާން 1447 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ. ވީމާ، މި ކަން ޢާންމުކޮށް އިޢުލާނު ކުރީމެވެ.