ދިވެހިރާއްޖެ
ނަންބަރ:354/354/2026/10(IUL)
|
އިޢުލާނު އދ.ދިއްދޫ ކައުންސިލުން ކުރިއަށްގެންދާ އަންހެނުންގެ ވޮލީ މުބާރާތް 2026 އދ.ދިއްދޫ ކައުންސިލުން އދ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ އަންހެނުންގެ ވޮލީ މުބާރާތް 28 ފެބްރުވަރީ 2026 ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ. ޓީމް ލިސްޓް ކުށަހެޅުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 22 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިންއެވެ. ވީމާ، މަތީގައި ދެންނެވިފައިވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 18 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން ޓީމުގެ ނަން، މަސްޢޫލުވާފަރާތް، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް އެނގޭނެހެން ސިޓީއަކުން ޓީމުތައް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މެއިލްއަށް މެއިލްކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ޓީމުތަކަށް ޓީމްލިސްޓް ހުށަހަޅަންވީ ގޮތުގެ ނަމޫނާ 18 ފެބްރުވަރީ 2026 ދުވަހުގެ ފަހުން މެއިލްކޮށެދެވޭނެއެވެ. މި މުބާރާތާއިގުޅޭ ހުރިހާ ލިޔުމެއް މި އިދާރާގެ [email protected] މެއިލްއަށް މެއިލް ކުރެއްވުން އެދެމެވެ. މުއްދަތު ހަމަވާ ފަހުން ފޮނުއްވާ ޓީމްތައް ރަޖިސްޓްރީކޮށްދެވެން ނެތްވާހަކަ ދަންނަވަމެވެ. އަދި މި މުބާރާތާއިގުޅޭ ގޮތުން ފޮނުވާ މެއިލްތައް މިދެންނެވި މެއިލް ފިޔަވައި އެހެން މެއިލްތަކަށްފޮނުއްވި ކަމުގައިވިޔަސް ބަލައިގަނެވެން ނެތްވާހަކަ ދެންނެވީމެވެ. އިތުރުމަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން މިކައުންސިލްގެ ނަންބަރ 6680057 އަށް ގުޅުއްވުން އެދެމެވެ. ވީމާ، މަތީގައި ދެންނެވިފައިވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން 18 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން ޓީމުގެ ނަން މިކައުންސިލްގައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި މިއިޢުލާންއާއި އެކު މުބާރާތުގެ ޤަވާއިދު ހިމެނިފައިވާނެއެވެ.
|
12 ފެބްރުވަރީ 2026
24 ޝަޢުބާން 1447