ތަމްރީނު
ނަންބަރު: (IUL)160-AS/1/2026/4
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 26 ފެބުރުވަރީ 2026 11:30
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
ކ. ހުރާ އައުޓްރީޗް ސެންޓަރުގައި ފަށާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ހުޅުވައިލުން

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ، ކ. ހުރާ އައުޓްރީޗް ސެންޓަރު  ގައި 2026 ވަނަ އަހަރުގެ 1 ވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެފައިވާ ޙިފުޡު ކުލާސްތަކަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ކުލާސް ތަކުގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ.

މި ކުލާހުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު، https://forms.gle/e5c1WmDAzhJ8xWRs8 26 ފެބްރުއަރީ 2026 ގެ 11:30 ގެ ކުރިން ފުރިހަމަކުރެއްވުން އެދެމެވެ.

ކުލާސްތަކަށް ދަރިވަރުން ނެގޭނީ ޙިފުޡު ކުލާހުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ މެދުގައި ކުރެވޭ އިންޓަވިއުއިން ލިބޭ މާކްސްއަށް ބެލުމަށްފަހުގައެވެ.

12 ފެބުރުވަރީ 2026