އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
|
މަޤާމު:
|
އެގްޒެކެޓިވް އެސޯސިއޭޓް، ޑިޖިޓަލް މާކެޓިންގ އެންޑް ޕީ.އާރ
|
|
ސެކްޝަން:
|
ޑިޖިޓަލް މާކެޓިންގ އެންޑް ޕީ.އާރ
|
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް، ކ.މާލެ، ދިވެހިރާއްޖެ
|
|
އަސާސީ މުސާރަ:
|
6،000.00 ރުފިޔާ އާއި 6،500.00 ރުފިޔާއާ ދެމެދު
|
|
ސަރވިސް އެލަވަންސް:
|
90.00 ރުފިޔާ އާއި 100.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
ޙާޒިރީ އެލަވަންސް:
|
125.00 ރުފިޔާ އާއި 150.00 ރުފިޔާއާ ދެމެދު (ޙާޒިރުވާ ކޮންމެ ދުވަހަކަށް)
|
|
އެހެނިހެން އިނާޔަތްތައް:
|
މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާން މަހުގެ އެލަވަންސް އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- އިންސްޓިޓިއުޓްގެ ސޯޝަލް މީޑިއާ އާއި ވެބްސައިޓުގައި ޝާއިރުކުރާ ލިޔެކިއުންތައް (އާޓިކަލްސް، ކެޕްޝަންސް، ނިއުސްލެޓާރސް ފަދަ ލިޔުންތައް) ތައްޔާރުކޮށް، މޮނިޓަރކޮށް، ބެލެހެއްޓުން
- އިންސްޓިޓިއުޓުގެ އިވެންޓްތަކާއި، ކެންޕެއިންތަކާއި، އެހެނިހެން ހަރަކާތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ސޯޝަލް މީޑިއާ އަދި ވެބްސައިޓުގައި ޝާއިރުކުރުން
- އިންސްޓިޓިއުޓުން ހިންގާ އެކިއެކި އިވެންޓްތަކަށް ބޭނުންވާ ގްރެފިކްސް ޑިޒައިންއާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން
- އިންސްޓިޓިއުޓުގެ ސޯޝަން މީޑިއާ އާއި ވެބްސައިޓަށް ބޭނުންވާ ގްރެފިކްސް ޑިޒައިންއާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ކުރުން
- އިންސްޓިޓިއުޓުން ބާއްވާ އެކިއެކި އިވެންޓްތަކާ ގުޅޭ ފޮޓޯ ނެގުމާއި ވީޑިއޯ ނެގުން
- ފޮޓޯ، ވީޑިއޯ އަދި އޯޑިއޯ އެޑިޓްކުރުމާއި، އެތަކެތި އާކައިވްކޮށް ބެލެހެއްޓުން
- އިންސްޓިޓިއުޓްގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލުކުރުމުގައި މެނޭޖްމަންޓަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- އިންސްޓިޓިއުޓްގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ހަރަކާތްތެރިވުމާއެކު، އިންސްޓިޓިއުޓްގެ ޚިދުމަތްތަކާ ގުޅުންހުރި އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން. މީގެތެރޭގައި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓްގެ މަސައްކަތްތަކާއި، ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އަދި ޙަވާލުކުރެވޭ އެހެނިހެން ޚާއްޞަ މަސައްކަތްތައް ހިމެނެއެވެ.
|
|
މަޤާމުގެ ޝަރުތުތައް:
|
- މަޤާމާއި ގުޅޭދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވުން، ނުވަތަ
- މަޤާމާއި ގުޅޭދާއިރާއަކުން ޑިޕްލޮމާ ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާޞިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
|
|
މަޤާމުގެ މަސައްކަތަށް ބޭނުންވާ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި އެހެނިހެން ސިފަތައް:
|
- އެޑޯބް ކްރިއޭޓިވް ސޫޓް ބޭނުންކުރަން އެނގުން
- އިނގިރޭސިބަހާއި، ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން.
- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަންތައް ފަރިތަކޮށް ބޭނުންކުރަން އެނގުން.
- ވާހަކަދެއްކުމާއި، ލިޔުމާއި އަދި މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- އެކައުންޓިންގ ދާއިރާގައި ކެރިއަރއެއް ބިނާކުރުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ
ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ވަޒީފާއަށް އެދޭ ފޯމު"
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ އަދި ތަމްރީން ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
ޝައުޤުވެރިވާ ފަރާތްތަކުން މަޤާމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ 23 ފެބްރުވަރީ 2026 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، [email protected] އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ޖޮބްސެންޓަރ މެދުވެރިކޮށެވެ.
ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އަދި އެޕްލިކޭޝަންގައިވާ މަޢުލޫމާތު ފުރިހަމަ ކުރެވިފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރުމުގެ އިޚްތިޔާރު އިންސްޓިޓިއުޓަށް ލިބިގެންވެއެވެ.
|
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. އަދި އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
|
އިތުރު މަޢުލޫމާތު:
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 7223793 ނުވަތަ 3348234 އަށެވެ. އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|