ދިވެހިރާއްޖެ
މި އޮފީހުންދޭ މަޢުލޫމާތާއި އެއްގޮތަށް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭނުންކުރާ "ޓޮޝިބާ" ބްރޭންޑްގެ ފޮޓޯކޮޕީ މެޝިންތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެ މަތީން، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 25 ފެބުރުވަރީ 2026 ވާ ބުދަ ދުވަހު 10:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށް އެދި އީމެއިލް ފޮނުއްވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އީމެއިލް އަށް 17 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334154 ފޯނަށް ގުޅުއްވުން އެދެމެވެ.