މަސައްކަތް
ނަންބަރު: 137-IU/PR/2026/22
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 15 ފެބުރުވަރީ 2026 10:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވިލިމާލެ ހޮސްޕިޓަލުގެ އަމާންހިޔާ ގޯތި ތެރޭގައި މަރާމާތާއި ގުޅިގެން އުކާލަންޖެހިފައިވާ ގައު ކުނޑިއާއި އެހެނިހެން ކުނި އުކާލުން

ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ: 22137-IU/PR/2026/

ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/W-05

 

ޕްރޮޖެކްޓްގެ ނަން: ވިލިމާލެ ހޮސްޕިޓަލުގެ އަމާންހިޔާ ގޯތި ތެރޭގައި މަރާމާތާއި ގުޅިގެން އުކާލަންޖެހިފައިވާ ގައު ކުނޑިއާއި އެހެނިހެން ކުނި އުކާލުން


ވިލިމާލެ ހޮސްޕިޓަލުގެ އަމާންހިޔާ ގޯތި ތެރޭގައި މަރާމާތާއި ގުޅިގެން އުކާލަންޖެހިފައިވާ ގައު ކުނޑިއާއި އެހެނިހެން ކުނި އުކާލަން ބޭނުންވެއެވެ. ވީމާ، ދީފައިވާ މިމަސައްކަތް ކޮށްދިނުމަށް އަގު ހުށަހެޅުމުގެ ފުރުޞަތު ތިޔަ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަން ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް

  • ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
  • މިމަސައްކަތް 10 ދުވަހުގެ ތެރޭގައި ނިންމަންވާނެއެވެ.   
  • ސައިޓް ބެލުމުގެ ފުރުސަތު 11 ފެބްރުވަރީ 2026 ގެ 11:00 އިން 11:30 އަށް  އަމާންހިޔާގައި  އޮންނާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

  • ބީލަން / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން ބީއޯކިއު ފޯމެޓްގައި
  • ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ) 

އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު

  • އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.

#

ކެޓެގަރީ

މާރކްސް

މާރކްސް ދެވޭ އުސޫލު

1

އަގު

100

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް

ބީލަން ހުށަހަޅާނެގޮތް

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް / އައިޖީއެމް ހޮސްޕިޓަލް

ވިލިމާލެ ހޮސްޕިޓަލުގެ އަމާންހިޔާ ގޯތި ތެރޭގައި މަރާމާތާއި ގުޅިގެން އުކާލަންޖެހިފައިވާ ގައު ކުނޑިއާއި އެހެނިހެން ކުނި އުކާލުމާއި ގުޅޭ އިއުލާންކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.

ބީލަން ހުށަހެޅުން

  • ބީލަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ 15 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 10:00 ގައި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގެ ޕްރޮކިއުމެންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި ބީލަން ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
  • ބީލަން ހުށަހެޅުމަށް ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް

1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ޚިލާފް މަޢުލޫމާތު ހިމަނައިފައިވުން.

2- ހުށަހަޅާފައިވާ ލިޔުމުގައި އަސްލުނޫން (ފޯރޖް) ލިޔުން ހިމަނައިފައިވުން.

3- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތުން ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)

4- ޚިދުމަތްދޭ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.

މަތީގައި ބަޔާންވެދިޔަ ކަންކަމުގެ ތެރެއިން އެވެސް ކަމެއް އެއްވެސް ފަރާތަކުން ހިންގާފައިވާނަމަ، އެ ފަރާތެއް 06 މަސްދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމުގެ އިޚްތިޔާރު މި މުއައްސަސާއަށް ލިބިފައިވެއެވެ.

ނޯޓު:

  1. މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

ކޮޕީ: [email protected]

    [email protected]

10 ފެބުރުވަރީ 2026