ދިވެހިރާއްޖެ
ހައްދުންމަތީ ކަލައިދޫ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްޢާން ކިޔެވުމަށް ލޯބިޖައްސައި ޤުރްޢާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި އަދި އެފަންނު ތަރައްޤީކުރުމުގެ މަޤްސަދުގައި މިކައުންސިލުން ޤުރްޢާން މުބާރާތެއް 07 މާރޗް 2026 ވަނަ ދުވަހުން ފެށިގެން 08 މާރޗް 2026 ދުވަހުގެ ނިޔަލަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބަލައިގެންނާއި އަދި ނުބަލައި ކިޔެވުމުގެ ބައިންނެވެ. މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތައް ބަހާފައިވާގޮތާއި މުބާރާތުގެ ޤަވައިދު މިއިޢުލާނާއިއެކު ޢާންމު ކުރެވިފައިވާނެއެވެ.
މިޤުރްޢާން މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށައެޅުންވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ދޫކުރުމާއި ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހު 09:30 އިން 12:00އަށް، 26 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް މިކައުންސިލް އިދާރާގެ ކައުންޓަރުން ކުރިއަށް ދާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.