ދިވެހިރާއްޖެ
"ދިވެހިންގެ ހަނދާންތައް އެއްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ނަމުގައި، ދިވެހިންގެ އަސްލުތަކާއި ދިވެހިވަންތަކަން ގެއްލެމުންދާތީ، މިހަނދާންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޤާބިލްކަން ދިވެހިންގެ ގައިގައި އަށަގަންނަވައި، ދިވެހިންގެ ހަނދާންތައް ދެމެހެއްޓުމުގެ ސަޤާފަތް އަތޮޅުތަކާއި، ރަށްރަށުގައި އިއާދަކޮށް އާލާކުރުމާއި، އެހަނދާންތައް އެއްކުރުމުގެ ގޮތުން އެފަދަ މީހުން ތަމްރީނު ކުރުމަށް، ކޮންމެ ރަށެއްގައިވެސް ތަރިކަވެރިން އުފެއްދުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާއިބެހޭ ވުޒާރާއިން ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އޮންލައިންކޮށް ގެންދެވޭ 3 މަސްދުވަހުގެ މިތަމްރީނު ޕްރޮގްރާމްގައި އަމިއްލަގޮތުން ހިލޭސާބަހަށް ބައިވެރިވެ، މަތީގައި ދެންނެވިފައިވާ މަސައްކަތްތަކުގައި އުޅެވޭނެ 10 ފަރާތެއް ހޯދަންބޭނުން ވެއްޖެއެވެ.
ތަމްރީނުން ދަސްވާނެ ހުނަރުތައް:
- ދުވަސްވީ މީހުންގެ ވާހަކަތައް އެއްކުރުމުގެ ހުނަރު
- އިންޓަވިއު ކުރުމުގެ ހުނަރު
- ވީޑިއޯގްރަފިއާއި ފޮޓޯގަރަފީ
- ޒިޔާރަތް ކުރާ މަންޒިލެއްގެ ގޮތުގައި ރަށް އިސްތިހާރުކުރުން (މާކެޓް) ކުރުމުގެ ހުނަރު
- ނޫސްވެރިކަމުގެ ހުނަރު
- ޕްރޮޖެކްޓް މެނޭޖްމަންޓް
- ދިރާސާކުރުމުގެ ހުނަރު
- މީހުންނާއި މުޢާމަލާތް ކުރުމުގެ ހުނަރު
- އަމިއްލަ ގުޅުންތައް ދެމެހެއްޓުމުގެ ވިއުގައެއް އުފެއްދުން
- ރަށްވެހި ދާރުލްއާސާރު (މިއުޒިއަމް) ހަދަން ދަސްވުން
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޫގަލް ލިންކް ފުރިހަމަކޮށް 12 ފެބްރުއަރީ 2026ވާ ބުރާސްފަތި ދުވަހު 12:00ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
ގޫގަލް ލިންކް: https://forms.gle/Zb7kdPRwVrCZBTbQ7
މިހެންވެ މިކަން ޢާއްމުކޮށް އިޢުލާންކުރީމެވެ.