ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2026/13
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 21:41
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026 ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ގުރުއަތުނެގުމާއި ގުޅޭ

2026 އެޕްރީލް 04 ވާ ހޮނިހިރު  ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލައި ޝަރުތު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތު ނެގުމާއި އިޢުލާނުކުރުމުގެ ރަސްމިއްޔާތު މި ރަށުގައި އޮންނާނީ 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި މާނާބާރުނަ މާލަމްގައެވެ.

ކެންޑިޑޭޓުގެ ބަދަލުގައި މީހަކު ހާޒިރުވާނަމަ ، އެހާޒިރުވާ މީހަކު ކެންޑިޑޭޓްގެ ސޮއިކޮށްފައިވާ ސިޓީ ގެންނަންވާނެއެވެ. އަދި ސިޓީގައި ބަދަލުގައި ފޮނުވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަދި ރަސްމިއްޔާތަށް ޙާޒިރުވާއިރު، ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑި ޖެހުމުގެ ކުރިން ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓުގެ ބަދަލުގައި މީހަކު ހަމަޖެއްސިކަމުގެ ލިޔުމާއިއެކު ޙާޒިރުނުވާނަމަ ކެންޑިޑޭޓްގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަން ކޮމިޝަނުން މިރަށަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓެވެ.

           ވީމާ، މި އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލައި، ޝަރުތު ހަމަވާ ފަރާތްތަކުން މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންދެއްވުން އެދި ދަޢުވަތު އަރުވަމެވެ. ގުރުއަތު ނަގާނެ ތަރުތީބު ތިރީގައި އެވަނީއެވެ.

1.ކައުންސިލްގެ ރައީސް

2.އ.ތ.މ ކޮމެޓީގެ ރައީސް

3.ކައުންސިލްގެ އަންހެން މެންބަރުން.

4.ކައުންސިލްގެ މެންބަރުން.

5. އ.ތ.މ ކޮމެޓީގެ މެންބަރުން

09 ފެބުރުވަރީ 2026