ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)351/351/2026/8
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި:
16 ފެބުރުވަރީ 2026 20:30
އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 މާއްދާގައި ކޮންމެ އަހަރަކު ފެބްރުއަރީމަހު ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ބައްދަލުވުމެއް ބޭއްވުމަށް ބަޔާންކޮށްފައިވެއެވެ. މި ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓު ރައްޔިތުންނާއި ހިއްސާކުރުން އޮންނާނެއެވެ. އަދި ކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި ޚަރަދުތަކަށް ތިޔަ ރައްޔިތުންގެ ފަރާތުން ޚިޔާލުހޯދުމާއި މަޝްވަރާކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އެގޮތުން މިދެންނެވި ބައްދަލުވުން 16 ފެބްރުވަރީ 2026 ވާ ހޯމަ ދުވަހުގެރޭ 20:30 ގައި އދ.މަންދޫ ޕްރީސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަންއާންމުކޮށް އެންމަށްޓަކައި އިޢުލާން ކުރީމެވެ.
09 ފެބުރުވަރީ 2026