ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)260-ESMS/260/2026/7
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:33
ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2026- ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު        2026 - ކެންޑިޑޭޓުންގެ ގުރުއަތުނެގުމާ ގުޅޭ

             2026 އޭޕްރިލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން އިޢުލާން ކުރުމާއި ބެހޭގޮތުން އިލެކްޝަން ކޮމިޝަން ކުރި އާއްމުއިޢުލާން ނަންބަރު (IUL)38-AC/38/2026/59 (08 ފެބްރުއަރީ 2026) ހަވާލީ ދަންނަވަމެވެ.

           ހދ. ނައިވާދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ކަމަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ފެބްރުއަރީ 12 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ނައިވާދޫ ޕްރީސްކޫލް ގައެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ފުރިހަމަ ނަމާއި، އެޑްރެސް އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ބަޔާންކޮށް، ކެންޑިޑޭޓުގެ ސޮއި ހިމެނޭ ސިޓީއާއި، ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު އަދި އައިޑީ ކާޑުގެ ކޮޕީއާއެކު ދުރުވުން އެދެމެވެ. ކެންޑިޑޭޓް ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެނޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަން ކޮމިޝަނުގެ ފަރާތުން ހދ. ނައިވާދޫ ފޯކަލްޕޮއިންޓްއެވެ.

        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

09 ފެބުރުވަރީ 2026