ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2026/05 |
|
ތާރީޚް: |
21 ޝަޢުބާން 1447 |
|
|
09 ފެބުރުވަރީ 2026 |
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި 2026 ފެބުރުވަރީ މަހު ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތު ބައްދަލުވުން 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެރޭ 20:30 ގައި ގދ.ވާދޫ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި 2025 ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާ ކުރުމާއި، 2025 ވަނަ އަހަރު ކައުންސިލުން ހިންގުނު ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމާއި،ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ.
ވީމާ، މި ބައްދަލުވުމުގައި ވާދޫގެ އެންމެހައި ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް