ބީލަން
ނަންބަރު: (IUL)357-Me357/357/2026/7
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 11:43
ސުންގަޑި: 17 ފެބުރުވަރީ 2026 11:00
ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މައިގަނޑު ތަކެތި ދިނުމުން، ފެލިދެ އަތޮޅު ފުލިދޫގައި 3 (ތިނެއް) ގްރީންހައުސް އިންސްޓޯލްކުރުމުގެ މަސައްކަތް 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން

ޕްރޮޖެކްޓް: ފެލިދެ އަތޮޅު ފުލިދޫގައި ރަށު ފެންވަރުގައި ދަނޑުވެރިކަން ކުރުން

ބީލަން ހުށަހަޅުމަށްދޭ ދަޢުވަތު

މައިގަނޑު ތަކެތި ދިނުމުން، ފެލިދެ އަތޮޅު ފުލިދޫގައި 3 (ތިނެއް) ގްރީންހައުސް އިންސްޓޯލްކުރުމުގެ މަސައްކަތް 45 (ސާޅީސް ފަހެއް) ދުވަހުގެ ތެރޭގައި  ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ދިވެހިރާއްޖޭގެ ބީލަންވެރީންނަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވައި ލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.

 

  1. ޝަރުޠު ފުރިހަމަވާ ފަރާތް: ބީލަމުގައި ބައިވެރުވުމުގެ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ މަޢުލޫމާތު ބީލަން ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

   2. ޝައުޤުވެރިވާ ފަރާތްތަކުން ޢަމަލުކުރަންވީގޮތް: ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 09 ފެބުރުވަރީ 2026 ހުން ފެށިގެން ބީލަން ސުންގަނޑި ހަމަވާދުވަހުގެ 3(ތިނެއް) ދުވަސްކުރީން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހަޅައި ނުވަތަ މި އިދާރާގެ ރަސްމީ އީ-މެއިލް މެދުވެރިކޮށް ހުށަހަޅައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާންވާނެއެވެ. އިދާރާއަށް ވަޑައިގެން ރަޖިސްޓަރީ ކުރެވޭނީ   ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި 11:30 އާއި ދެމެދުއެވެ.

   3. ބީލަން ހުށަހަޅާނެގޮތް:ބީލަންހުށަހަޅާނީ ސިޓީއުރައިގައި ރަނގަޅަށް ބަންދުކުރުމަށްފަހުގައެވެ.

   4. ޢަމަލުކުރާ ޤަވާޢިދު:ބީލަން ކުރިއަށް ގެންދާނ ގަވާއިދު ނަންބަރު: 2023/R-158 (ދަޢުލަތުގެ މާލިއްޔަތު ގަވާއިދު) އާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި މި ގަވާއިދުގައި ބަޔާން ކުރެވިފައިވާ ގޮތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތުވަނީ ޝަރުޠު ހަމަވާ،ދިވެހިރާއްޖޭގެ ބީލަންވެރީންނަށް ހުޅުވާލެވިފައެވެ.

   5. މަޢުލޫމާތު ސާފުކުރުން: ޝައުޤުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ބީލަން ފޮތް ބައްލަވާލެއްވުމަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އާއި 1:00 ދެމެދު ގުޅުއްވާނީ ތިރީގައި ބަޔާންކުރެވިފައިވާ އެޑްރެހަށެވެ :

ސަމާލުކަމަށް: ޢާއިޝަތު ރިޒްވާނާ، އ. ކައުންސިލް އޮފިސަރ

އެޑްރެސް: ފެލިދެ އަތޮޅު ފުލިދޫ ކައުންސިލް/ގްރައުންޑް ފްލޯރ/ސޯސަންމަގު

އަތޮޅާއި ރަށް: ވ.ފުލިދޫ

ޒިޕް ކޯޑް:10010

ޤައުމު: ދިވެހިރާއްޖެ

ފޯނު ނަމްބަރު:9606706526+

އީމެއިލް: [email protected]

 

  6.      ބީލަން ފޮތް ދޫކުރުން:

 

  • ބީލަން ފޮތް ދޫކުރެވޭނީ 09 ފެބުރުވަރީ 2026 އިން ފެށިގެން، ބީލަން ސުންގަނޑި ހަމަވާދުވަހުގެ 3(ތިނެއް) ދުވަސްކުރީން އެކަމަށް އެދޭ ފޯމު ފުރިހަމަކޮށް މި އިދާރާއަށް ހުށަހަޅައި ނުވަތަ މި އިދާރާގެ ރަސްމީ އީ-މެއިލް އެޑްރެސް މެދުވެރިކޮށް ހުށަހަޅައި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު މި އިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މި ފޯމު މިކައުންސިލުގެ އިދާރައިންވެސް ލިބެން ހުންނާނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވާން ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  • ބީލަން ފޮތުގެ ދެލި ކޮޕީއެއް ދޫކުރެވޭނީ 200ރ (ދުއިސައްތަ ރުފިޔާގެ) ފީއެއް ކައުންސިލަށް ދެއްކުމުންނެވެ.
  • ފީ ދެއްކި ކަމުގައި ބެލެވޭނީ، ކައުންސިލުގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު ޖަމާކުރިކަމުގެ ސްލިޕް ކައުންސިލަށް ހުށަހެޅުމުން ނުވަތަ ކައުންސިލުގެ ރަސްމީ އީ-މެއިލް އެޑްރެހަށް ފޮނުވުމުންނެވެ. އަދި މި ގޮތުން ޖަމާކުރާފީ ކައުންސިލުން އަނބުރާ ރައްދުކޮށެއް ނުދޭނެއެވެ.
  • ބީލަން ފޮތް އީ މެއިލްގެ ޒަރިއްޔާއިން ހޯދާނަމަ އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.
  • ބީލަން ފޮތް، އީމެއިލްގެ ޒަރީއާއިން ނުވަތަ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ. 

 

  7.      މަޢުލޫމާތު ބައްދަލުވުން

މި ބީލަމާއި ގުޅިގެން މަތީގައިވާ (5. ގައި ބަޔާންކޮށްފައިވާ) އެޑްރެހުގައި ތިރީގައި ދަންނަވާފައިވާ ތާރީޚްގައި އަދި ވަގުތުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވޭނެއެވެ.

ތާރީޚް: 11 ފެބުރުވަރީ 2025 ވާ ބުދަ ދުވަސް

ގަޑި: މެންދުރުކުރި 11:00

 8.      ބީލަންތައް ހުށަހެޅުން:

 

  • ބީލަންތައް ހުށަހަޅާނީ މަތީގައިވާ(5. ގައި ބަޔާންކޮށްފައިވާ) އެޑްރެހަށެވެ.
  •  ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ " 17 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 11:00 އެވެ".

ބީލަމުގެ ސުންގަނޑި ހަމަވުމުން، ބީލަން ހުޅުވާ ޖަލްސާގައި ބައިވެރިވުމަށް ޚިޔާރުކުރާ ބީލަންވެރީންގެ މަންދޫބުންގެ ހާޟިރުގައި، ވަގުތުން ބީލަންތައް ހުޅުވޭނެއެވެ.

 

9. ބީލަން ހުށަހަޅާއިރު ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭނެއެވެ.

 

ބީލަންތައް ތައްޔާރުކުރުމާއި، ބީލަން ހުށެހެޅުމަށް ކުރާ އެއްވެސް ޚަރަދަކަށް ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ޒިންމާއެއް ނުވާނެއެވެ.

09 ފެބުރުވަރީ 2026