މަސައްކަތް
ނަންބަރު: (IUL)AEH/AEH/2026/08
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 23 ފެބުރުވަރީ 2026 11:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވެހިކަލް މަރާމާތުކޮށް (2 އަހަރަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ވެހިކަލް މަރާމާތުކޮށް (2 އަހަރަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެ ކުރެވުނު ނަންބަރ (IUL)AEH/AEH/2025/87 އިޢުލާނުގެ ބިޑް ފޯމް އަށް ބަދަލް ގެންނަން ޖެހުމާއި ގުޅިގެން މި ދެންނެވުނު އިޢުލާން ބާޠިލްކޮށް މިމަސައްކަތަށް އަލުން ފުރުސަތު ހުޅުވާލަމަވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 09‏ ފެބްރުއަރީ‏ 2026‏ ، ހޯމަ އިން ފެށިގެން ‏ 17‏ ފެބްރުއަރީ‏ 2026‏ ، އަންގާރަ ވާ ދުވަހުގެ 13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ޢިއުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ‏ 17‏ ފެބްރުއަރީ‏ 2026‏ ، އަންގާރަ ވާ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 23‏ ފެބްރުއަރީ‏ 2026‏ ، ހޯމަ ވަނަ ދުވަހުގެ 11:00އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

ރެޖިސްޓްރޭޝަން ލިންކް : https://forms.office.com/r/T1tDUZd6JS

09 ފެބުރުވަރީ 2026