ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށް ބާއްވާ ގުރުއަތުނެގުމުގެ ރަސްމިއްޔާތު މިރަށުގައި އޮންނާނީ، 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި، އިރުވެލި މާލަމުގައެވެ.
ކެނޑިޑޭޓުގެ ބަދަލުގައި މީހަކު ހާޒިރުވާނަމަ، އެ ހާޒިރުވާ މީހަކު، ކެންޑިޑޭޓުގެ ސޮއިކޮށްފައިވާ ސިޓީގެންނަންވާނެއެވެ. ކެންޑިޑޭޓުގެ ސިޓީގައި، ބަދަލުގައި ފޮނުވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު އޮންނަންވާނެއެވެ. އަދި ރަސްމިއްޔާތަށް ޙާޒިރުވާއިރު، ބަދަލުގައި އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ގަޑި ޖެހުމުގެ ކުރިން، ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓުގެ ބަދަލުގައި މީހަކު ހަމަޖެއްސިކަމުގެ ލިޔުމާއިއެކު ހާޒިރުނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަން ކޮމިޝަނުން މިރަށަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓެވެ.
ވީމާ، މިއިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލައި، ޝަރުތުހަމަވާ ފަރާތްތަކުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންދެއްވުންއެދި ދަޢުވަތު އަރުވަމެވެ. ގުރުނަގާނެ ތަރުތީބު ތިރީގައި އެވަނީއެވެ.
- ކައުންސިލްގެ ރައީސް.
- އ.ތ.މ ކޮމިޓީގެ ރައީސް.
- ކައުންސިލްގެ އަންހެން މެންބަރުން.
- ކައުންސިލްގެ މެންބަރުން.
- އ.ތ.މ ކޮމިޓީގެ މެންބަރުން.