މަސައްކަތް
ނަންބަރު: (IUL)AEH/AEH/2026/09
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 22 ފެބުރުވަރީ 2026 11:30
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިޕާރޓްމަންޓްއަށް ބޭނުންވާ ހޮލްޓަރ މޮނީޓަރ – ރެކޯޑިންގް ސޮފްޓްވެއަރ އާއި އެކު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޑިޕާރޓްމަންޓްއަށް ބޭނުންވާ ހޮލްޓަރ މޮނީޓަރ – ރެކޯޑިންގް ސޮފްޓްވެއަރ އާއި އެކު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ‏ 09‏ ފެބްރުއަރީ‏ 2026‏ ، ހޯމަ އިން ފެށިގެން ‏ 16‏ ފެބްރުއަރީ‏ 2026‏ ، ހޯމަ ވާ ދުވަހުގެ 13:00އަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން‏ 16‏ ފެބްރުއަރީ‏ 2026‏ ، ހޯމަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު ‏ 22‏ ފެބްރުއަރީ‏ 2026‏ ، އާދީއްތަ ވަނަ ދުވަހުގެ 11:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

 

https://forms.office.com/r/T1tDUZd6JS

09 ފެބުރުވަރީ 2026