ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރ : (IUL)375/375/2026/6 (8 ފެބްރުވަރީ 2026) އިއުލާނުގައި ޝަކުވާ ހުށަހެޅުމަށް ދީފައިވާ ތާރީޚްގައި ކުށެއްއޮތުމުން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރީމެވެ.
މިއިދާރާގެ ނަންބަރ : (IUL)375/375/2025/31 (10 ނޮވެންބަރު 2025) ދ.މީދޫ އިން ދިރިއުޅުމަށް 140 ބަންޑާރަ ގޯތި ދޫކުރުމަށް ކޮށްފައިވާ އިޢުލާނަށް އިޖާބަދީ ހުށަހަޅައިފައިވާ ފޯމުތަކަށް މާކްސްލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް މި އިޢުލާނާއެކު އެއްހީރަސް ކުރެވިފައިވާއެވަނީއެވެ.
ވީމާ، މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 09 ފެބުރުވަރީ 2026 ން 23 ފެބުރުވަރީ 2026 ވަނަ ދުވަހާއި ހަމަޔަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. ވަގުތީ ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުން އޮންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށެވެ. ޝަކުވާ ހުށަހަޅުއްވާނީ ލިޔުމުން މިއިދާރާއަށް ނުވަތަ އީމެއިލް މެދެވެރިކޮށެވެ. އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅާނީ [email protected] އަށެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.