ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2026/27
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 15 ފެބުރުވަރީ 2026 20:30
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން

              އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި 2026 ފެބުރުވަރީ މަހު ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތު ބައްދަލުވުން 2026 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެރޭ 20:30 ގައި ބަނދަރު ސަރަހައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި  2025 ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާ ކުރުމާއި،  2025 ވަނަ އަހަރު ކައުންސިލުން ހިންގުނު ހަރަކާތްތަކުގެ މަޢުލޫމާތު ހިއްސާކުރުމާއި،ރައްޔިތުންގެ ޚިޔާލު ހޯދުން އޮންނާނެއެވެ. މި ބައްދަލުވުމުގައި ބާރަށުގެ އެންމެހައި ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ.

 ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

08 ފެބުރުވަރީ 2026