ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-MSID/328/2026/30
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:56
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނާރެހި ކުއްޔަށް ދިނުމާއިގުޅޭ އުޞޫލު އާއްމުކުރުން:
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުގައިހުރި ނާރެހި ކިޔާ ޢިމާރާތް ފުރިހަމަގޮތުގައި ބެލެހެއްޓުމުގެ މަޤްޞަދު ޙާޞިލުކުރުމަށާއި، މިޢިމާރާތް ބޭނުންކޮށްގެން ޕްރޮގްރާމްގެ އުޞޫލުން ޚިދުމަތް ދިނުމުގެ ނިޒާމެއް ޤާއިމުކުރުމަށާއި، ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތަކަށް މިދާއިރާއިން އިތުރު ޚިދުމަތްތަކެއް ޤާއިމުކުރުމުގެ މަގުފަހި ކުރުމަށްޓަކައި، ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާއިން ތަރައްޤީކޮށްފައިވާ ''ނާރެހި'' ކުއްޔަށް ދޫކުރުމާއި ގުޅޭ އުޞޫލެއްވަނީ އެކުލަވާލާއި ކައުންސިލުން ފާސްކޮށްފައެވެ.
ވީމާ، ''ނާރެހި'' ކުއްޔަށް ދިނުމާއިގުޅޭ އުޞޫލު ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
08 ފެބުރުވަރީ 2026