ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)414/414/2026/15
ޕަބްލިޝްކުރި ތާރީޚް: 08 ފެބުރުވަރީ 2026
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 12 ފެބުރުވަރީ 2026 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ޤުރްއާން މުބާރާތް 1447 ގެ ޑިޖިޓަލް ސެޓަޕް އަދި މީޑިއާ ކަވަރޭޖް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

       07 މާރިޗު 2026 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ 5 ވަނަ ޤުރްއާން މުބާރާތް 1447، ބޭއްވުމަށް ހަމަޖެހިފައިވާތީ މުބާރާތުގެ ޑިޖިޓަލް ސެޓަޕް އަދި މީޑިއާ ކަވަރޭޖް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވިމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ކޯޓޭޝަން ހުށަހެޅުމަށް ދެވޭ މަޢުލޫމާތު:

  1. ޑިޖިޓަލް ސްކްރީން އިން ކިޔެވޭނެ ގޮތަށް ސެޓަޕް ހެދުން
  2. މުބާރާތް ލައިވް ކުރުމާއި ފޮޓޯ ނެގުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޯޓޭޝަން ހުށަހަޅާ ފޯމް
  2. ކުންފުނި / ޕާޓުނަރޝިޕް / ކޯޕަރޭޓީވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި ކުންފުނީގެ ޕްރޮފައިލް ޝީޓް.

މިކޯޓޭޝަން ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020، 7916100 އަށް ގުޅުއްވުން އެދެމެވެ.
08 ފެބުރުވަރީ 2026